Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

ބޮޑު އީދަށް އައްޑޫގައި ވޮލީ މުބާރާތެއް ބާއްވަނީ

ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް އައްޑޫގައި ވޮލީ މުބާރާތެއް ބާއްވަން ނިންމައި، އޭގައި ބައިވެރިވާން މިއަދު ހުޅުވާލައިފި އެވެ.

މަރަދޫފޭދޫ އަވަށު އޮފީހުން ބުނީ ބޮޑު އީދާ ދިމާކޮށް ކައުންސިލުން ހިންގަން ހަމަޖެހިފައިވާ ހަރަކާތްތަކާ ގުޅުވައިގެން އެ އަވަށު ކޮމިއުނިޓީ ސެންޓަރުން އިންތިޒާމުކޮށްގެން ދެ ޖިންސްގެ މީހުން މިކްސްކޮށް ކުޅޭ ގޮތަށް ބާއްވާ "ވޮލީބޯލް ޗެލެންޖް 2022" ގައި ބައިވެރިވާން އައްޑޫގެ އޮފީސްތަކާއި ކުލަބް ޖަމިއްޔާތަކާއި އާންމުންގެ ފަރާތުން ވެސް ޓީމްތައް ބައިވެރިކުރަން ހުޅުވާލާފައިވާ ކަމަށެވެ.

މަރަދޫފޭދޫ ވޮލީ ކޯޓްގައި ބާއްވަން ހަމަޖެހިފައިވާ މުބާރާތުގައި ބައިވެރިވާން އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މުބާރާތަށް އެދޭ ފޯމް އެ އަވަށު ކޮމިއުނިޓީ ސެންޓަރުން ލިބޭނެ އެވެ.

މުބާރާތް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 10 ގަ އެވެ. އިތުރު މައުލޫމާތު 6890001 އަދި 7428897 އިން ހޯދޭނެ އެވެ.