Last Updated: May 1, 18:05
Wednesday, May 1, 2024
ޚަބަރު

މީދޫގައި ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

އައްޑޫ މީދޫގައި "އައްޑޫ ޢީދު ފެސްޓިވަލް"ގެ ނަމުގައި މި އަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރަން ނިންމައިފި އެވެ.

މީދޫގައި ބޮޑު ޢީދު ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާ އިރު، ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އީދު ހަރަކާތްތައް އީދު ފެސްޓިވަލެއްގެ ގޮތުގައި ތިން ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.

މީދޫގެ ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށް ގެންދަން ރާވާފައިވާ މި ހަރަކާތުގައި އަވަށުގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ކުންފުނިތަކާއި، މުވައްސަސާތަކުން ބައިވެރިވާނެކަމަށް އެ ފަރާތުން މަޢުލޫމާތު ދެ އެވެ.

މި އީދު ފެސްޓިވަލުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރަކާއި، ކަލަ ރަން، މަސްރޭސް، ޕާކް ވޮލީބޯޅަ މުބާރާތް އަދި ވާދެމުން ހިމެނެއެވެ. މީގެ އިތުރުން، ސަގާފީ އެކިއެކި ހަރަކާތްތަކާއި އަންހެނުންނަށް ޚާއްސަ ކުޅިވަރުތައް ވެސް ހިމެނޭ ކަމަށް އިވެންޓް ރާވާ އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތު ދެ އެވެ.

"މިދިޔަ އަހަރު ވެސް އަޅުގަނޑުމެން އީދަށް ހަރަކާތްތަކެއް ބޭއްވިން، މި އަހަރު ފެސްޓިވަލެއްގެ ގޮތުގައި މި ކުރިއަށް ގެންދަނީ. މިކަމުގައި އެހީތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، ކުންފުނިތަކަށް އަދި މުވައްސަސާތަކަށް ޝުކުރު ދަންނަވަން." އީދު ފެސްޓިވަލް އިންތިޒާމުކުރާ ފަރާތުން ބުންޏެވެ.

އީދުގެ ހަރަކާތްތަކުގައި ޓުއަރިސްޓުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ބައެއް ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް އިންތިޒާމްކުރާ ފަރާތުން ބުންޏެވެ.

މި އަހަރުގެ ބޮޑު އީދާ ދިމާކޮށް މީދޫގައި ކުލަގަދަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައިވާ އިރު، މަރަދޫފޭދޫ އަވަށު އޮފީހުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.