Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

ނޭނގި ޕާޓީއަކަށް ވައްދައިފި ނަމަ ޝަކުވާ ހުށަހެޅޭނެ

ނޭނގި ސިޔާސި ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ބޮޑުވެފައިވާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެ މީހަކަށް އެއްވެސް ޕާޓީއަކަށް ވައްދައިފި ނަމަ އެކަމާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން އީސީ) އިން ހުޅުވާލައިފި އެވެ.

އެތަނުން ބުނީ އަދި އެފަދަ ކޮންމެ ޝަކުވާއެއް ބެލުމަށް ފަހު އެކަން ކުރި ބަޔަކާ މެދު އިސްތިސްނާއެއް ނެތި ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ނޭނގި ޕާޓީތަކަށް ވައްދާ މައްސަލަ ހައްލުކުރަން އީސީން ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ޕާޓީތަކުން ހުށައަޅާ ފޯމުތަކުގައި ސޮއިކުރާ މީހުންގެ ވަނަވަރު އާންމުކުރަން ވެސް ނިންމާފައިވެ އެވެ.

އަދި ނޭނގި ޕާޓީތަކަށް ވައްދާ މައްސަލަ ހައްލުކުރަން ސައްހަ ނޫން މައުލޫމާތު ހިމެނޭ ފޯމު ހުށަހަޅައިފި ނަމަ ހުށަހަޅާ ކޮންމެ ފޯމަކަށް 10،000ރ. ހެ ޖޫރިމަނާއެއްކުރެވޭނެކަން ވެސް އީސީން ވަނީ އިއުލާންކޮށްފަ އެވެ.