Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

100 ހައްޖު ކޯޓާއަށް ޝަރުތު ހަމަވި ލިސްޓު އާންމުކޮށްފި

ފޮޓޯ: ހައްޖު ކޯޕަރޭޝަން

މި އަހަރު ރާއްޖެ އަށް ލިބުނު ހައްޖު ކޯޓާގެ ތެރެއިން އާންމުކޮށް ހުުވާލައިގެން ހައްޖަށް ދާން ހުޅުވާލި 100 ފުރުސަތަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ލިސްޓު އާންމުކޮށްފި އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން 100 ކޯޓާގެ ދަށުން ޙައްޖަށް ދިއުމަށް ހޮވޭ ފަރާތްތައް ކަނޑައެޅުމަށް ބޭއްވޭ ގުރުއަތުލުން މިއަދު ހަވީރު 16:00 ގައި ޕީއެސްއެމް ނިއުސް އިން ލައިވްކުރާނެ ކަމަށެވެ.

ރާއްޖެ އަށް މި އަހަރު ލިބުނު 453 ޖާގަ އެއްކޮށް އިސްލާމިކް މިނިސްޓްރީން ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. އޭގެ ތެރެއިން 352 ޖާގަ ހާއްސަކުރީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންގެ ކިއުގައި މި ވަގުތު ތިބި މީހުންނަށެވެ.

އާއްމުންނަށް ހުޅުވާލި 100 ކޯޓާގައި ހައްޖަށް ގެންދަން ނަގަނީ 76،960ރ. އެވެ. މި ކޯޓާގައި ހައްޖަށް ދާން ހޮވޭ މީހުން ހޮވުނުކަން އަންގާ ތާރީހުން ފެށިގެން ތިން ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހެ އެވެ.

ހައްޖަށް މީހުން ގެންދިޔުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ އިރު، ފުރަތަމަ ބުރުގައި ޙައްޖަށްދާ މީހުން މި މަހުގެ 26 ވަނަ ދުވަހު ފުރާނެ އެވެ. ފުރަތަމަ ބުރުގައި ފުރާނީ 157 މީހުންނެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން ފެށޭނީ ކަލަންޑަރުގައިވާ ގޮތުން އަންނަ މަހުގެ 7 ގަ ހެވެ.