Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

18 އަހަރުން ދަށުގެ އަންހެން ބާސްކެޓް ސްކޮޑެއް

ގައުމީ އަންހެން ބާސްކެޓްބޯޅަ ސްކޮޑްގެ 18 އަހަރުން ދަށުން ސްކޮޑް އެކުލަވާލަން ނިންމައި، އޭގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

މޯލްޑިވްސް އެސޯސިއޭޝަނުން ބުނީ ސްކޮޑް އެކުލަވާލަން މި މަހުގެ 12، 14 އަދި 16 ވަނަ ދުވަހުގެރޭ 7:00 އިން 9:00 އަށް އެކުވެނި އައުޓްޑޯ ބާސްކެޓް ކޯޓްގައި ޓްރައި-އައުޓް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އެހެންވެ އޭގައި ބައިވެރިވާން ޝައުގުވެރިވާ އަންހެން ކުދިން މި މަހުގެ 11 ގެ ކުރިން ނަމާއި އުފަން ތާރީހާއި ގުޅޭނެ ފޯން ނަންބަރު އަދި އައިޑީ ކާޑް ނަންބަރު info@mba.org.mv އަށް މެއިލްކުރަން ޖެހެ އެވެ.