Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ރަސޫލާ އަށް ފުރައްސާރަކުރުން ޤާސިމް ކުށްވެރިކޮށްފި

ޤާސިމް އިބްރާހިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާން، ކީރިތި ރަސޫލާ އަދި ކީރިތި ގުރުއާނަށް ފުރައްސާރަކުރި މައްސަލަ ޖުމްހޫރީ ޕާޓީ، ޖޭޕީން ކުށްވެރިކޮށްފިއެވެ.

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބީޖޭޕީގެ ތަރުޖަމާނު، ކީރިތި ރަސޫލާއާ ގުޅުވާ ދެއްކި ވާހަކަތަކުގެ ސަބަބުން އެތައް ބިލިއަން މުސްލިމުންނެއް އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ވާހަކަތައް ޤާސިމާއި މުޅި ޖުމްހޫރީ ޕާޓީން ވެސް ކުށްވެރި ކުރާ ކަމަށް ވިދާޅުވިއެވެ.

ޤާސިމްގެ އިތުރުން އަދާލަތު ޕާޓީންވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ.

މިއަދު ރައްޔިތުންގެ މަޖިލީހަށް ވެސް މިމައްސަލައާ ގުޅިގެންވެސް ކުއްލި މައްސަލައެއް ހުށަހަޅާފައިވެއެވެ. އެހެންނަމަވެސް އެ މައްސަލަ މަޖިލީހަށް ބަލައިގެންފައެއްނުވެއެވެ.