Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ކުމުންދޫގައި ހަދާ ފެރީ ސްޓޮޕްގެ މަސައްކަތް ކުރިއަށް

ހދ. ކުމުންދޫގައި ޤާއިމުކުރާ ފެރީ ސްޓޮޕްގެ މަސައްކަތް ކުރިއަށްދާކަން އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ހދ. ކުމުންދޫގައި ޤާއިމުކުރާ ފެރީ ސްޓޮޕްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތްތައް 1 ޖޫން 2022 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.

މި ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާޙަނާވެސް ހުންނާނެއެވެ.

މި ފެރީ ސްޓޮޕްއަކީ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ ދަށުން ޤާއިމުކުރެވޭ ފެރީ ސްޓޮޕެކެވެ.