Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

އެފްއެންޑްބީ ޝޯ ކާމިޔާބުކަމާ އެކު ނިންމާލައިފި

ފުޑް އެންޑް ބެވަރޭޖް ދާއިރާއިން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ޝޯ "ފުޑް އެންޑް ބެވަރޭޖް ޝޯ 2022" ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

"ފުޑް އެންޑް ބެވަރޭޖް ޝޯ 2022" ކުރިއަށް ގެންގޮސްފައިވަނީ ޖޫން މަހުގެ 2-4 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގަ އެވެ.

މި ޝޯއަކީ ފުޑް އެންޑް ބެވަރޭޖް ޝޯ އިވެންޓްތައް މެނޭޖްކުރާ ރާއްޖޭގެ މަޝްހޫރު ކުންފުނި، ހައި ރައިޒުން އިންތިޒާމްކޮށްގެން ބޭއްވި ހަރަކާތެކެވެ.

މި އިވެންޓްގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގައި ފުޑް އެންޑް ބެވަރޭޖްގެ ދާއިރާގައި މަސައްކަތްކުރާ ވިޔަފާރިތައް އެއްތަނަކަށް ގެނެސް އެ މީހުންގެ އުފެއްދުންތައް ދައްކައިލަން ފުރުސަތު ދިނުމެވެ.

ފުޑް އެންޑް ބެވަރޭޖް ޝޯގައި މި އަހަރު 30 ފަރާތަކުން ބައިވެރިވެފައިވެއެވެ.