އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ މައްޗަށް މިއަދު އިތުބާރުގެ ވޯޓެއް ނަގަން ނިންމައިފި އެވެ.
މި ވޯޓްގައި އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ވޯޓް ނުދެއްވާނެ ވިދާޅުވެ، ހައުސް އޮފް ކޮމަންސްގެ ބައެއް މެމްބަރުން ޓްވީޓް ކުރައްވާފައިވެ އެވެ.
ބޮޑުވަޒީރުކަމާ ޖުލައި 24، 2019 ގައި ހަވާލުވެވަޑައިގަތް މައްޗަށްޖޯންސަން އިތުބާރު ނެތް ކަމަށް ފާސްވެއްޖެ ނަމަ އޭނަ އަށް މަގާމު ގެއްލިވަޑައިގަންނަވާނެ އެވެ.
I’ll be voting for Boris this evening. The PM got the big decisions right on Brexit and Covid. We need to focus now on defending Ukraine, driving levelling-up and generating growth. We need to move past this moment and unite behind Boris to meet these challenges
— Michael Gove (@michaelgove) June 6, 2022
ފާހަގަކޮށްލެވޭ ކަމަކީ ޖޯންސަން މަގާމަށް ވަޑައިގެންނެވުނީ އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދު، (އީޔޫ) އިން ވަކިވާން ނިންމުމާ ގުޅިގެން އެ ގައުމަށް ދިމާވި މައްސަލަތަކުން ގައުމު ސަލާމަތްކޮށް ހަމަޔަކަށް އެޅުވުމުގައި ކޮންޒަވެޓިވް ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ނާކާމިޔާބުވެ ވަޑައިގެންގެން ތެރީސާ މޭ 2019 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންކަމެވެ.
The Prime Minister has my 100% backing in today's vote and I strongly encourage colleagues to support him.
He has delivered on covid recovery and supporting Ukraine in the face of Russian aggression. He has apologised for mistakes made.
We must now focus on economic growth.
— Liz Truss (@trussliz) June 6, 2022
ޖޯންސަން، 57، އަކީ ބޮޑުވަޒީރު ކަމަށް ވަޑައިގަތް ފަހުން އެކި ކަހަލަ ކަންކަމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވެފައިވާ ބޭފުޅެކެވެ. ހާއްސަކޮށް މީގެ ދެ އަހަރު ކުރިން ކުރިމަތިލާން ޖެހުނު ކޮވިޑް-19 ގެ ވަބާއާ ގުޅިގެން ކަންކަން މެނޭޖްކުރެއްވުމާއި އިގުތިސާދު ހަމައަކަށް އަޅުވަން އެކަށީގެންވާ މަސައްކަތްތައް ނުކުރެއްވޭކަމާއި އަމިއްލަފުޅަށް ކޮވިޑްގެ ބައެއް އުސޫލުތަކާ ހިލާފުވެވަޑައިގަތުން ފަދަ ކަންކަން ހިމެނެ އެވެ.
From the vaccine rollout to our response to Russian aggression, the PM has shown the strong leadership our country needs.
I am backing him today and will continue to back him as we focus on growing the economy, tackling the cost of living and clearing the Covid backlogs.
— Rishi Sunak (@RishiSunak) June 6, 2022
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއަދު ނަގާ އިތުބާރުގެ ވޯޓުން ޖޯންސަން ފެއިލްވެއްޖެ ނަމަ، ދެން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުން އެންމެ ގާތީ ޗާންސެލަރު ރިޝީ ސުނަކެވެ.