Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

މިދިޔަ މަހު މާރާމާރީގެ 62 މައްސަލައެއް

ފުލުހުންނަށް މިދިޔަ މަހުގެ ތެރޭގައި ރިޕޯޓްކުރި މައްސަލަތަކުގެ ތެރެއިން 62 މައްސަލަ އަކީ މާރާމާރީގެ މައްސަލަތައް ކަމަށް ބުނެފި އެވެ.

ފުލުހުންގެ މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާ އިރު އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ. އެއީ 340 އެވެ. އަދި މިދިޔަ ޖުމްލަ 997 މައްސަލަ ހުށަހެޅި އެވެ.

އެޕްރީލް މަހު ހުށަހެޅި ޖުމްލަ މައްސަލަތަކުގެ އަދަދަކީ 1،048 އެވެ.

މެއި މަހުގެ ތެރޭގައި ހުށަހެޅި މައްސަލަތަކަށް ބަލާ އިރު މަސްތުވާތަކެތީގެ 163 މައްސަލަ، މަކަރާއި ހީލަތް ހެދުމުގެ 73 މައްސަލަ، މުދާ ގެއްލިގެން 113 މައްސަލަ، ފޭރުމުގެ 40 މައްސަލަ، މުދަލަށް ގެއްލުން ދިނުމުގެ 44 މައްސަލަ، ޖިންސީ ގޯނާގެ 29 މައްސަލަ، ފޯޖްކުރުމުގެ ހަތަރު މައްސަލަ، ގެވެށިއަނިޔާގެ 24 މައްސަލަ، ޓްފެރިކާ ހިލާފުވުމުގެ 144 މައްސަލަ އަދި ޗެކް ބައުންސްވުމުގެ މައްސަލައެއް ރިޕޯޓްކުރި އެވެ.

ރާއްޖޭގައި މިހާރު އެންމެ ބޮޑު މައްސަލަތަކުގެ ތެރޭގައި މާރާމާރީ މަސްތުވާތަކެއްޗާއި ޖިންސީ ގޯނާގެ މައްސަލަތައް ހިމެނެ އެވެ. މާރާމާރީގެ މައްސަލަތައް އިތުރުވަމުންދާ އިރު މި މަހު އައްޑޫ ފޭދޫގައި ހިންގި މާރާމާރީއެއްގައި 21 އަހަރުގެ ޒުވާނަކު ވަނީ މަރާލައިފަ އެވެ.