Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ޕީއެސްއެމް ހިޔާނާތް މަޖިލީހުން ބަލަނީ

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީ— ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ މީޑިއާ ހިންގާ ޕީއެސްއެމްގެ ތެރޭގައި ހިނގާފައިވާ ކަމަށް ތުހުމަތުކުރެވޭ 100 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ބެލުމަށް ނިންމައިފިއެވެ.

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީން އެ މައްސަލަ ބެލުމަށް ނިންމާފައިވަނީ އިއްޔަ ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ. މިމައްސަލަ ކޮމިޓީއަށް ހުށަހަޅާފައިވަނީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދުއެވެ.

މިމައްސަލައާ ގުޅިގެން ކޮމިޓީގައި ވާހަކަ ދައްކަވަމުން ނިހާދު ވިދާޅުވީ ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލައިގެ ވާހަކަ ދެކެވެމުން ދަނިކޮށް އެޑިޓް ޑިޕާޓްމެންޓް އުވާލާފައިވާ ކަމަށާއި، އެހެންކަމުން މިމައްސަލަ އަވަސް ގޮތެއްގައި ބަލަންޖެހޭ ކަމަށެވެ.

މިމައްސަލައާ ގުޅިގެން މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީއިން ނިންމާފައިވަނީ އެ މައްސަލައާ ގުޅޭ ލިޔުންތައް ހޯދުމަށް ޕީއެސްއެމް އަށް ސިޓީ ފޮނުވުމަށެވެ.