Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ރަކީދޫ ގޮނޑުދޮށް ހިމާޔަތްކޮށް ނިންމާލައިފި

ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އެ މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވާ އެމްޓީސީސީން ބުނެފައިވަނީ ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް 25 މެއި 2022 ވަނަ ދުވަހު ނިންމާލާފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ގޮނޑުދޮށް ހިމާޔަތް ކުރަން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ 40 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 200 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމެވެ. އަދި ފަތާ ސަރަޙައްދެއް ގާއިމްކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ 560 ކިއު ިބކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 20 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 25 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމެވެ.

ރަކީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަކީ 10.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.