Last Updated: April 20, 18:15
Saturday, April 20, 2024
ޚަބަރު

އިންޑިއާ އަށް ހަމަލާ ދޭނެކަމުގެ އިންޒާރު އަލްގައިދާ އިން ދީފި

އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ އިސް އޮފިޝަލުންތަކެއް ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމާއި ގުޅިގެން އެގައުމަށް ހަމަލާދޭނެ ކަމުގެ އިންޒާރު އަލްގައިދާއިން ދީފިއެވެ،

އިންޑިއާގެ ނޫހެއްކަމަށްވާ "ދަ ހިންދޫ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަލްގައިދާގެ އިންޑިއާ ސރަހައްދަށް ނިސްބަތްވާ ޖަމާއަތުން ވަނީ ދިއްލީ، މުމްބާއި، އަދި އައްތަރު ޕްރަދޭޝް އަދި ގުޖުރާތަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ. އެމިއީ ރަސޫލާއަށް ފުރައްސާރަ ކުރުމާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދޭ ހަމަލާތަކެއް ކަމަށްވެސް އެޖަމާއަތުން ވަނި ބުނެފައެވެ.

މި ޖަމާއަތުން ވަނީ ބަންގްލަދޭޝްގައި އިސްލާމްދީނާއި ދެކޮޅަށް ލިޔާ މީހުންތަކަށް އަމާޒުކޮށް ހަމަލާދީފައެވެ. މި ޖަމާއަތުގެ މެމްބަރުން އިންޑިއާ، ބަންގްލަދޭޝް، ޕާކިސްތާނު އަދި މިޔަންމާގައި އުޅެއެވެ.

ބީޖޭޕީގެ އިސް ދެ މީހަކު ރަސޫލާ އަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ ގުޅިގެން އިސްލާމީ ވަރަށް ގިނަ ގައުމުތަކުން ވެސް އެކަން ކުށްވެރިކޮށްފައިވެ އެވެ. ރަސޫލާ އަށް ފުރައްސާރަކުރީ ބީޖޭޕީގެ ގައުމީ ތަރުޖަމާނު ނުޕޫރު އާއި ނަވީން ކުމާރެވެ.

ބީޖޭޕީ އަކީ އަބަދު ވެސް މުސްލިމުންނާއި އިސްލާމް ދީނާ ދެކޮޅު ނުބައި އެޖެންޑާއެއް ގެންގުޅޭ ހަރުކަށި ހިންދޫން ނިސްބަތްވާ ޕާޓީއެކެވެ.