ދިވެހި ނޫސްވެރިންގެ ޖަމިއްލާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އަށް ރައީސަކު ހޮވުން މި މަހުގެ 18 އަށް ތާވަލުކޮށްފި އެވެ.
އެ ޖަމިއްޔާ އަށް އާ ރައީސަކު ހޮވަނީ ކުރިން މަގާމުގައި ހުންނެވި "ދައުރު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ހަމްދޫން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މި މަހުގެ 18 ގައި ބާއްވާ އިންތިބާހުގައި އެމްޖޭއޭ އަށް އާ ރައީސަކު ހޮވާނީ އެ ދުވަހު ބާއްވާ އާންމު ޖަލްސާ އަށް ހުށަހަޅައިގެން އެންމެ ގިނަ ވޯޓްލިބޭ މީހެކެވެ. އެ ދުވަހުގެ ޖަލްސާގައި ޖަމިއްޔާގެ އަސާސީ ގަވާއިދު އިސްލާހުކުރުމާއި ފާއިތުވި ދެ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތައް ފާސްކުރުން ވެސް އޮންނާނެ އެވެ.
📢 We invite all our members to participate in our "Annual General Meeting 2022", which will be held on June 18th, in the STELCO seminar hall at 15:45hrs. Key items on the agenda are:
🔸 Electing a new president
🔸 Amending MJA's constitution pic.twitter.com/icycZ7COGh— Maldives Journalist Association (@mjamaldives) June 7, 2022
އެމްޖޭއޭ އިން ބުނީ ރައީސް އިންތިހާބުކުރުމާއި އަސާސީ ގަވާއިދު އިސްލާހުކުރުމުގެ ޖަލްސާ އޮންނާނީ 18 ވަނަ ދުވަހުގެ މެންދުރު ފަހު 3:45 ގައި ސްޓެލްކޯ ސެމިނާ ހޯލުގަ އެވެ.
އެމްޖޭއޭ އުފެއްދީ 2009 ގަ އެވެ.
އެ ޖަމިއްޔާ އަށް އާ ރައީސަކު ހޮވަން ތައްޔާރުވަމުން އަންނަ އިރު ނޫސްވެރިން ތަމްސީލުކުރާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ޝަހުބާން ފަހުމީގެ މައްޗަށް ކުރެވޭ މަނީ ލޯންޑްރިންގެ ތުހުމަތުތަކާ ގުޅިގެން އޭނާ އިއްޔެ ވަނީ މަގާމުން އިސްތިއުފާދެއްވައިފަ އެވެ.