ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސަކަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރު ހުސްނުއް ސުއޫދު އައްޔަންކޮށްފި އެވެ.
ކުރިން އެޓާނީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވި ސުއޫދު އެ މަގާމަށް އައްޔަންކުރެއްވީ ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސަކަށް ކުރިން ހުންނެވި ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް މަގާމުން މިދިޔަ މަހުގެ 31 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ފަނޑިޔާރުންގެ ޖަމިއްޔާގެ މައިގަނޑު މަގުސަދަކީ، ފަނޑިޔާރުންގެ މުސްތަގިއްލުކަން ހިމާޔަތްކުރުމަށް މަސައްކަތް ކުރުމާއި އެ ބޭފުޅުންގެ މިނިވަންކަމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި އިމްތިޔާޒުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުމެވެ.
ފަނޑިޔާރުންގެ ޖަމިއްޔާ އުފެއްދީ 2008 ގަ އެވެ.