Last Updated: July 3, 02:38
Thursday, July 2, 2026
ޚަބަރު

ރައީސް ސޯލިހްގެ ޕްރެސް ކޮންފަރެންސް މިއަދު ހަވީރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި ރައީސް ސޯލިހް ނޫސްވެރިންނާ ބައްދަލުކުރައްވަނީ މިއަދު ހަވީރު 04:00 ގައެވެ.

ރައީސް ސޯލިހް އެންމެ ފަހުން ނޫސްވެރިންނާ ރައީސް އޮފީހުގައި ބައްދަލުކުރެއްވީ 2021 އޮގަސްޓް 11 ވަނަ ދުވަހުއެވެ.

ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ރައީސް ސޯލިހް ނިންމަވާފައިވާއިރު، ތަކެތީގެ އަގު ރާއްޖޭގައި ބޮޑުވަމުން އަންނަ ކަމުގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ. އަދި ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުންވެސް ގިނަބައެއް ކަންބޮޑުވުން ފާޅުކުރަމުން އާދެއެވެ.