އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާނު ކުރެއްވުމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކް، ރީކޯ މަރުހަބާ ދަންނަވައިފިއެވެ.
ރީކޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 2023ގެ ރިޔާސީ އިންތިޚާބު، އެހެން ޕާޓީ ތަކާ ގުޅިގެންވެސް އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމުގެ އަޒުމުގައި ހުންނެވިކަން ވަރަށް ސާބިތުކަމާއެކު އިއުލާނުކުރެއްވީތީ ރައީސް ސޯލިހަށް މަރުހަބާ ދަންނަވާ ކަމަށެވެ.
2023ގެ ރިޔާސީ އިންތިޚާބު، އެހެން ޕާޓީ ތަކާ ގުޅިގެންވެސް MDP އަށް ކާމިޔާބު ކޮށްދިނުމުގެ ޢަޒުމުގާ ހުންނެވިކަން ވަރަށްސާބިތުކަމާއެކު ޢިއުލާނުކުރެއްވީތީ MDP ގެ ކުރީގެ ޗެއަރގެ ޙައިސިއްޔަތުން ރައީސް@ibusolih އަށް މަރުހަބާދަންނަވަން
— Moosa Maniku (Reeko) (@ReekoMoosa) June 9, 2022
ރައީސް ސޯލިހް އިއްޔަ ބޭއްވެވި ޕްރެސް ކޮންފަރެންސްގައި 2023 ގައި ވާދަކުރެއްވުމަށް ނިންމެވިކަން ހާމަކުރައްވާފައިވާއިރު، އެކަމާ ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއީ ވެރިކަމަށް ފައިނަގަންވީ ވަގުތު ނޫން ކަމަށާއި، މިއީ ގައުމުގެ އިގްތިސާދީ ހާލަތާ މެދު ވިސްނާ އެކަމުން އެކަމުން އަރައިގަތުމަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.
ރީކޯ މޫސަ، ރައީސް ސޯލިހަށް މަރުހަބާ ދެންނެވިއިރު، މިދޔަ ވެރިކަމުގައި މޫސަ ވަނީ އެމްޑީޕީގައި ހުންނެވުމަށްފަހު ޕީޕީއެމަށް ގުޅިވަޑައިގެންފައެވެ. އެގޮތުން މިދިޔަ ރިޔާސީ އިންތިހާބުގައި މޫސަ ކެމްޕޭން ކޮށްދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ. އެހެންނަމަވެސް މިވެރިކަން އައުމަށްފަހު މޫސަ އަންނަނީ ރައީސް ސޯލިހަށް ސަނާ ކިޔަމުންނެވެ.