މަތީ ތަޢުލީމާއި ތަމްރީނުގެ ލޯން ސްކީމުން 453 ދަރިވަރަކަށް ފުރުސަތު ލިބިފައިވާކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހާމަކޮށްފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ސްޓޫޑެންޓް ލޯން ލިބުނު ދަރިވަރުންގެ ދާއިމީ ނަތީޖާ އިއުލާން ކުރައްވާފައެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ޢިއުލާނު ކުރެވުނު ލޯން ސްކީމުގެ ގޮތުގައި 720 ފުރުސަތު ހުޅުވާލިއިރު، ލޯން ސްކީމް ލިބުނީ 453 ދަރިވަރުންނަށެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން އިއުލާނު ކޮށްފައިވާ ގޮތުގައި، ލޯނުގެ ފުރުސަތަށް ޖުމްލަ 1،000 ދަރިވަރުން ކުރިމަތިލިއެވެ. އަދި ވަގުތީ ނަތީޖާ ނެރުނު އިރު ލޯން ލިބުނު ކަމަށް ހާމަކޮށްފައިވަނީ 393 ދަރިވަރަކަށެވެ.