Last Updated: June 12, 17:29
Friday, June 12, 2026
ޚަބަރު

ދިރުވާލައިގެން އެތެރެކުރަން އުޅުނު ޑްރަގްސް އަތުލައިގެންފި

ކަސްޓަމްސް ބިލްޑިންގ

ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ ދިރުވާލައިގެން ގިނަ އަަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު މީހަކު އަތުލައިގެންފައިވަނީ މެއި މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.

އެގޮތުން އެދުވަހު ސްރީލަންކަން އެއަރލައިންސްއިން ރާއްޖެއައި ފަސިންޖަރެއްގެ އަމަލުތައް ހުރިގޮތުން، އެތެރެހަށީގައި ރައްކާކޮށްގެން މަސްތުވާތަކެތި ގެނެސްފައިވާކަމާމެދު ޝައްކުކުރެވިގެން ބަލާ ފާސްކޮށް ސްކޭން ކުރި ކަމަށެވެ. އަދި އޭނާގެ އެތެރެހަށިން 80 ބުލެޓް ނެގިފައިވާ ކަމަށާއި، މިތަކެތި މަސްތުވާތަކެތީގެ ބާވަގެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު 852 ގްރާމް ހުރި ކަމަށެވެ. އަދި މިތަކެތީގެ އަގު 1،062،444 ރުފިޔާއަށް އަރާ ކަމަށެވެ.