Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

އެމްޓީޑީސީގެ ހިއްސާއަކަށް 60 ލާރި ބަހަން ނިންމައިފި

ރޭ ބޭއްވި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އަހަރީ ޖަލްސާގައި ހިއްސާއަކަށް 60 ލާރި ބަހަން ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކުރީ ބޯޑުން ވެސް ކުރިން ހިއްސާއަކަށް 60 ލާރި ބަހަން ނިންމުމަށް ފަހު އެވެ. ރޭ ބޭއްވި އާންމު އަހަރީ ޖަލްސާގައި އެމްޓީޑީސީގެ 18،000 ހިއްސާދާރުން ބައިވެރިވި އެވެ.

ކުންފުނީގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 60 ލާރި ބަހަން ނިންމި އިރު، އޭގެ ކުރީ އަހަރު ހިއްސާއަކަށް ބެހީ 50 ލާރި އެވެ.

މިދިޔަ އަހަރު އެމްޓީޑީސީ އަށް 211 މިލިއަން ޑޮލަރުގެ ފައިދާއެއްވި ކަމަށާއި އެއީ ކުރީ އަހަރުގެ ފައިދާއާ އަޅާބަލާ އިރު 300 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ބުންޏެވެ.

އެމްޓީޑީސީން އެންމެ ފުރަތަމަ ހިއްސާ ވިއްކަން ފެށީ 2007 ގަ އެވެ. އެ އަހަރުން ފެށިގެން 2014 އާ ހަމައަށް ހިއްސާއެއް ވިއްކީ 100ރ. އަށެވެ. އެކަމަކު 2014 އިން ފެށިގެން ހިއްސާއެއްގެ މޫނުމަތީ އަގު 10ރ. އަށް ވަނީ ބަދަލުކުރި އެވެ.

އެމްޓީޑީސީ އަށް މިހާރު އެންމެ ބޮޑު އާމްދަނީއެއް ކުންފުނިން ތަރައްގީކުރި ދެ ރިސޯޓެއްގެ ކުލިންނެވެ. އެއީ އަޔާޑާ މޯލްޑިވްސް އާއި އަނަންތާރާ ވިލާ އެވެ.

އެމްޓީސީން މިހާރު އަންނަނީ އަމިއްލަ ރިސޯޓެއް ތަރައްގީކުރަން ރަށެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.