އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ވެރިންތަކެއް ކީރިތި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލަ ރާއްޖޭން ކުށްވެރިކޮށްފައިވާތީ އިންޑިއާގެ ބައެެއް މީހުން ސޯޝަލް މީޑިއާގައި ރާއްޖެ ބޮއިކޮޓްކުރަން ގޮވާލަން ފަށައިފި އެވެ.
މިފަދަ ކެމްޕޭނެއް ފަށާފައި މި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފޮޓޯ ޑަސްބިންތަކެއްގެ ބޭރުގައި ޖަހާފައިވާ ފޮޓޯތަކެއް ސައުތު އޭޝިއަން ޖާނަލް އިން ޓްވީޓްކުރުމާ ގުޅިގެންނެވެ. އެ ޓްވީޓްގައި އިންޑިއާގެ އުފެއްދުންތައް ވެސް ބޮއިކޮޓްކުރަން ގޮވާލައި، ރަސޫލާ އަށް ފުރައްސާކުރުން ހުއްޓާލަން ވެސް ގޮވާފައިވެ އެވެ.
Dear All Indians.
Stop to go Maldives, lets plan r trip to non-muslim countries. Let slap on their face. If they trying to show their class now time to show them our shoes. #BoycottMaldives #BoycottMaldivesTour #BJP #NarendraModi #YogiAdityanath #AmitShah #Indian #IndianTourist https://t.co/48BX0hrGQK— mohi (@mohanhr731) June 8, 2022
މި ޓްވީޓް ޓެގްކޮށްފައި މޯހީ ކިޔާ އިންޑިއާ މީހަކު ކުރި ޓްވީޓެއްގައި ރާއްޖެ ބޮއިކޮޓްކޮށް ރާއްޖެ ނުދާން ހުރިހާ އިންޑިއާ މީހުންނަށް ގޮވައިލާ ކަމަށް ބުނެފައިވެ އެވެ. އަދި ވަކިން ހާއްސަކޮށް އަރަބި އެއްވެސް ގައުމަށް ޗުއްޓީ އަށް ނުދިއުމަށާއި އޭރުން އެއީ އެފަދަ ގައުމުތަކުގެ މޫނުމަތީގައި ޖަހޭ ތަފާލަކަށް ވާނެ ކަމަށް ބުނެފައިވެ އެވެ.
މޯހީގެ ޓްވީޓްގައި ބުނެފައި ވަނީ ފާޑުފާޑުކުރަން އުޅެންޏާ އިންޑިއާ މީހުން އިސްލާމީ ގައުމުތަކަށް ދައްކާނީ ބޫޓްގެ ފުއްކިބަ ކަމަށެވެ.
Who the hell are you talking about Indian internal issues? We have juducial system as a democratic country and will look after legal case. Go and get a life all undemocratic Arab countries. #IndiaBiggestDemocratic #Arab #NupurSharma #BJP #NarendraModi #YogiAdityanath https://t.co/Ml9Rj0cIay
— mohi (@mohanhr731) June 8, 2022
ބީޖޭޕީގެ ނުޕޫރު ޝަރުމާ އާއި ނަވީން ޖިންދާލް ރަސޫލާ އަށް ފުރައްސާރަކުރި މައްސަލަ ފެންމަތިވުމުން ދުނިޔޭގެ ވަރަށް ގިނަ އިސްލާމީ ގައުމުތަކުން އެކަން ކުށްވެރިކޮށްފައިވެ އެވެ. އަދި އެ މައްސަލާގައި ބީޖޭޕީން އެ ދެ މީހުން ސަސްޕެންޑްކޮށްފައިވެ އެވެ.
#boycottmaldives pic.twitter.com/j8olKkXfd0
— Venom (@Venomhoonmai) June 9, 2022
އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ ބަޔަކު ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާރަކުރި މައްސަލަ ހޫނުވެފައިވާ އިރު، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ނުރުހުން އަމާޒުވެފައިވެ އެވެ. އަދި އަލްގައިދާ ޖަމާއަތުން ވަނީ އިންޑިއާ އަށް ހަމަލާއެއް ދޭންޖެހިދާނެކަމުގެ އިންޒާރު ވެސް ދީފަ އެވެ.
We are not showing class. You insulted our prophet.
— Aviation Student (@AviationStuden3) June 10, 2022
އިންޑިއާގެ މި އަމަލާ ގުޅިގެން ރާއްޖެ އެކަން ކުށްވެރިކުރުމުން ރާއްޖެ ބޮއިކޮޓްކުރަން އިންޑިއާގެ ބައެއް މީހުން ގޮވަން ފެށި އިރު، ރާއްޖެ އަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމަކީ ވެސް އެއީ އެވެ. ރާއްޖެ އަކީ މިހާރު އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިންގެ ވަރަށް މަގުބޫލު މަންޒިލެކެވެ. އަނެއްކޮޅުން އިންޑިއާ އަކީ މި ވަގުތު ރާއްޖޭގައި އެންމެ ގިނަ މަޝްރޫއުތައް ހިންގާ ގައުމު ވެސް މެ އެވެ.