މާލޭގައި ހިނގި އެކްސިޑެންޓެއްގައި ހެރިޓޭޖް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހުމަދު ހާޝިމް (ޓިންޓިން)އަށް ބޮޑެތި އަނިޔާތަކެއްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޓެންޑްގައި އަނިޔާވުމުގެ ސަބަބުން ޓިންޓިންއަށް ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ޔެންޓިލޭޓަރުގައެވެ.
އެކްސިޑެންޓުގެ ސަބަބުން ޓިންޓިންގެ ސިކުނޑިއަށް ލޭއެޅި ސިކުނޑި ދުޅަވެފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ފުލުހުން ބުނެފައިވަނީ ޓޯޔާޑް ސަރަހައްދުން ހިގާފައިދިޔަ މީހެއްގެ ގައިގާ ސައިކަލަކުންޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރޭ 20:23 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނެފައިވަނީ ސައިކަލު ދުއްވި މީހާއަކީ ލައިސެންސް އޮތް މީހެއް ކަމަށާއި، އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.