Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

"މަގޭ ނަބިއްޔާ" ގެ ނަމުގައި ސައިކަލު ބުރެއް

އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ އިސްވެރިންތަކެއް ކީރިތި ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާރަކުރި މައްސަލަ އިސްލާމީ ގައުމުތަކުން ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވާ އިރު، އިންޑިއާގެ އެ އަމަލާ ގުޅިގެން ރާއްޖޭގެ ޒުވާނުންތަކެއް "މަގޭ ނަބިއްޔާ" ގެ ނަމުގައި މިއަދު ސައިކަލު ބުރެއް ބާއްވަން ނިންމައިފި އެވެ.

މާލޭގައި މިއަދު ހަވީރު 4:00 އިން މި ސައިކަލު ބުރު ފަށާނީ ރަސްފަންނު ސަރަހައްދުންނެވެ. މި ހަރަކާތަކާ ބެހޭ ގޮތުން ބުނެފައި ވަނީ މިއީ ރަސޫލާ އަށް ފުރައްސާރަކުރުމާ ދެކޮޅަށް ހިޔާލުފާޅުކޮށް ޒުވާނުން ބާއްވާ ބުރެއް ކަމަށެވެ. އެހެންވެ ސައިކަލުގައި ވީހާ ވެސް ގިނަ ޒުވާނުން ބައިވެރިވާން އެދިފައިވެ އެވެ.

އިންޑިއާ އިން ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން އެ ގައުމަށް އިސްލާމީ ދުނިޔޭގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ.