Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ޝަމާލް ސިޔާސީވާން ބޭނުން ނަމަ އިސްތިއުފާދީ

ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލު ސިޔާސީ ކަންކަމުގައި އުޅުއްވަން ބޭނުންވާ ނަމަ މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ފެއްޓެވި ނުރަސްމީ ދަތުރުފުޅުގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ އެކީ ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ޝަމާލު ފެންނާތީ އެކަމާ ގުޅުވައިގެން ކުރީގެ ޑިފެންސް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަމާލަށް އޮތް ގޮތަކީ ސިޔާސީ މަސައްކަތްތަކަށް މަގާމުން އިސްތިއުފާ ދެއްވުން ކަމަށެވެ. ނުވަތަ އޭނާ މަގާމުން ވަކިކުރަން ޖެހޭ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

"އެމްއެންޑީއެފާއި މުޅީ ގައުމަށް ވެސް ފައިދާވާނެ ގޮތަކީ އެގޮތް،" އޭނާ ވިދާޅުވި އެވެ. "ޗީފް އޮފް ޑިފެންސްފެ މަގާމަށް ސިޔާސީ މީހަކު ކަމަކުނުދާނެ."

އާދަމް ޝަރީފް ވިދާޅުވީ އެ މަގާމުގައި ހުންނަވާ ބޭފުޅަކު ސިޔާސީވެއްޖެ ނަމަ އަމުރުމައުރޫފު ހިންގުމުގައި ވަކި ކޮޅަކަށް ބުރަވެ، އަމިއްލަ ޕާޓީގެ މަސްލަހަތު ވެސް އިސްކުރައްވާނެ ކަމަށެވެ.