Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ގްލޯނެޓް "އެޑިއުކޭޝަން ފެއާ" ހޯމަ ދުވަހު އައްޑޫގައި

ބޭރުގެ ޔުނިވަސިޓީތަކާ ގުޅިގެން ރާއްޖޭގައި އެޑިއުކޭޝަން ފެއާތައް ބާއްވަމުން އަންނަ ގްލޯނެޓުން ބާއްވާ "ގްލޯނެޓް އެޑިއުކޭޝަން ފެއާ 2022" އަންނަ ހޯމަ ދުވަހު އައްޑޫގައި ބާއްވާ ގޮތަށް ނިންމައިފި އެވެ.

ފެއާ އޮންނާނީ ހިތަދޫގައި އައްޑޫ ހައި ސްކޫލްގައި އެ ދުވަހުގެ ހަވީރު 4:00 އިން އިރުއޮށްސި 7:00 އަށެވެ.

މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ފަރާތްތަަކަށް އަމާޒުކޮށްގެން ބާއްވާ މި ފެއާގައި ބޭރުގެ 10 ޔުނިވަސިޓީއަކުން ބައިވެރިވެ އެވެ. އަދި މި ފެއާގެ ތެރެއިން ސްކޮލަޝިޕް ލިބުމުގެ ފުރުސަތުވެސް ފަހިވެގެން ދާނެ އެވެ.

ގްލޯނެޓުން ބުނީ ފެއާގައި މެލޭޝިއާގެ އެންމެ މަޝްހޫރު ޔުނިވާސިޓީގރެ ތެރޭގައި ހިމެނޭ، ސަންވޭ، މޮނާޝް އަދި ޓެއިލަރ ފަދަ ޔުނިވާސިޓީތަކުން ބައިވެރިވާ ކަމަށެވެ.

މީގެ ކުރިން ވެސް މިފަދަ ކާމިޔާބު ފެއާތައް ބާއްވާފައިވާ ގްލޯނެޓް އިން ބުނީ މި ފެއާގައި ބައިވެރިވާ ޔުނިވަސިޓީތަކުން އެތަންތަނުން ލިބެން ހުރި ކޯސްތަކާ ބެހޭ މައުލޫމާތު ވަރަށް ފުޅާކޮށް ދޭނެ އެވެ.

ގްޅޯނެޓުގެ ފެއާ މިއަދާއި މާދަމާ މާލޭގައި ކުރިއަށްދާނެއެވެ. އަދި މިއީ އެ ކުންފުނިން ރާއްޖޭގާއި ބާއްވާ މިފަދަ 27 ވަނަ ފެއާ އެވެ.