މެދުއިރުމަތީގެ ގައުމުތަކުން މި އަހަރުގެ ފަހުކޮޅު މުދާ އެތެރެކުރަން އަމާޒު ހިފާފައިވާ ކަަމަށްވާ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ބުނެފި އެވެ.
އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގާ ކުންފުނިން އެކަމަށް ތައްޔާރީތައްވަމުން އަންނަ އިރު، މެދުއިރުމަތިން މުދާ ގެންނަން އިތުރު ކޮންޓެއިނާ ބޯޓެއް ވެސް ހޯދާނެ ކަމަށެވެ. ދެހާސް ވިހީގައި އުފެއްދި އެމްއެސްއެސް އިން އަމިއްލަ ތިން ބޯޓް ގަނެފައިވެ އެވެ. އޭގެ ތެރެއިން ދެ ބޯޓް މިހާރު ބޭނުންކުރަމުން އަންނަ އިރު ތިން ވަނަ ބޯޓް އަންނަ މަހުގެ ތެރޭގައި ބޭނުންކުރަން ފަށާނެ އެވެ.
"ގްރެފިން" ނަން ދީފައިވާ އެ ބޯޓްގެ ދަތުރުތައް ބާއްވަން ހަމަޖެހިފައި ވަނީ ސިންގަޕޫރާއި މެލޭޝިއާ އާއި ރާއްޖެއާ ދެމެދު އެވެ.
އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ޕީއެސްއެމަށް ވިދާޅުވީ މެދުއިރުމަތީގެ ގައުމުތަކުން މުދާ ގެންނަން ކުރާ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު ހިސާބުގައި ފެށޭވަރު ވާނެ ކަމަށެވެ.
Congratulations @stateshippingmv This is a historic moment for the maritime industry of the Maldives. With the addition of MSS CHROME, MSS Fleet deadweight has crossed 50k, according to MSS. pic.twitter.com/oC96xfGQgB
— mmj.mv (@mmj_mv) June 8, 2022
އެމްއެސްއެސް އިން މިހާރު ބޭނުންކުރާ ދެ ބޯޓްގެ ތެރެއިން" އެމްއެސްއެސް ގެލީނާ" ގެ ދަތުރުތައް ބާއްވަނީ ރާއްޖެ އާއި ލަންކާއާ ދެމެދުއެވެ. އަދި "އެމްއެސްއެސް ކުރޮމްގެ ދަތުރުތައް ބާއްވަނީ ރާއްޖެ އާއި ޔޫއޭއީއާ ދެމެދު އެވެ. ކުރޮމް އަކީ ބަލްކު ކެރިއަރާއެކެވެ. އޭގައި ރާއްޖެ އަށް އެތެރެކުރަނީ ކޮންސްޓްރަކްޝަން ސާމާނެވެ.