Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ގެމަނަފުށީ ކައުންސިލް އައްޑޫގައި

ގއ. ގެމަނަފުށީ ކައުންސިލްގެ މެމްބަރުން އައްޑު އަށް ތަޖުރިބާ ދަތުރެއް ފަށައިފި އެވެ.

މި ދަތުރުގެ ތެރެއިން އެ ކައުންސިލްގެ މެމްބަރުންނާއި އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބައްދަލު ވެސް ކޮށްފައިވެ އެވެ. ގެމަނަފުށީ ކައުންސިލްގެ މެމްބަރުން އައްޑު އަށް ކުރާ ތަޖުރިބާ ދަތުރުގެ ތެރެއިން އައްޑޫ ކައުންސިލްގެ މަސައްކަތްކުރާ ގޮތް ގާތުން ބަލައި ވަކިވަކި އަވަށްތަކުގެ އަވަށު އޮފީސްތަކުގެ މަސައްކަތްް ހިނގާ ވެސް ބަލައި މަަސައްކަތުގެ ދާއިރާ އިން ތަޖުރިބާތަކެއް ހޯދާނެ އެވެ.

ގެމަނަފުށީ ކައުންސިލް އައްޑު އަށް ތަޖުރިބާގެ ދަތުރެއްކުރާ އިރު، މީގެ ކުރިން ވެސް އެކި ހިސާބުތަކުގެ ކައުންސިލްތަކުން އައްޑު އަށް ތަޖުރިބާ ދަތުރުތަކެއް ކޮށްފައިވެ އެވެ. އަދި އައްޑޫ ސިޓީ ކައުންސިލުން ވެސް ބައެއް އެހެން ސަރަހައްދުތަކުގެ ކައުންސިލްތަކަށް ޒިޔާރަތްކޮށްފައިވެ އެވެ.