ތެލުގެ ސަބްސިޑީ އިތުރު ކޮށްދޭން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ގޮވާލައިފިއެވެ.
ބޮޑުކަންނެެލި މަސްވެރިންގެ ހައްޤުތަށް ރައްކާތެރި ކުރުމަށް އުފައްދާފައިވާ އެ ޔޫނިއަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ތެލުގެ އަގު އިންތިހާއަށް އުފުލިއްޖެ ކަމަށާއި ދޯނިފަހަރު މަހައް ފުރަން ބިރު ބޮޑުވެއްޖެ ކަމަށެވެ.
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އާއި އިކޮނޮމިކް މިނިސްޓަރު އަދި ފިޝަރީޒް މިނިސްޓަރު ޓެގް ކޮށް އެ ޔޫނިއަނުން ކުރި ޓްވީޓްގައި ބުނެފައިވަނީ މަސްވެރިންނަކީ ސިޔާސީ އައްޑަނަ އަކައް ނުހައްދަވާ މަސްވެރިކަމުގެ ސިނާއަތަށް އަޅާލުން މުހިންމު ކަމަށެވެ.
"ތެލުގެ ސަބްސިޑީ އިތުރު ކޮށްދެއްވަން ގޮވާލަން." ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ކުރި ޓްވީޓްގައި ބުނެފައިވެއެވެ.
ތެލުގެ އަގު އިންތިހާއަށް އުފުލިއްޖެ. ދޯނިފަހަރު މަހައް ފުރަން ބިރު ބޮޑުވެއްޖެ. މަސްވެރިންނަކީ ސިޔާސީ އައްޑަނަ އަކައް ނުހައްދަވާ މި ސިނާއަތަށް އަޅާލުން މުހިންމު. ތެލުގެ ސަބްސިޑީ އިތުރު ކޮށްދެއްވަން ގޮވާލަން. @faya_i @DrHussainHassan @ibusolih pic.twitter.com/aH92JV2WCH
— Bodu Kanneli Masveringe union- BKMU (@FishermensUnion) June 12, 2022
ދުނިޔޭގެ އިގްތިސާދީ ހާލަތު ގޯސްވެ ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވަނީ ރަޝިޔާ – ޔޫކްރެއިން ހަނގުރާމައާ ގުޅިގެންނެވެ.