Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ޖުމްހޫރީ ޕާޓީއާ އިތުރު ބަޔަކު ގުޅިއްޖެ

ޖުމްހޫރީ ޕާޓީއާ އިތުރު ބަޔަކު ރޭ ގުޅިއްޖެ އެވެ.

އެ ޕާޓީއާ ރޭ ގުޅުނު މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ޒުވާނުންނެވެ. ޖުމްހޫރީ ޕާޓީން ބުނި ގޮތުގައި ގިނަ އަދަދެއްފެ ޒުވާނުން މިހާރު އެ ޕާޓީއާ ގުޅެން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ އިރު، ޕާޓީ އަށް މެމްބަރުން އިތުރުކުރެވޭ މަސައްކަތުގެ ތެރެއިން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޕާޓީއާ ގިނަ ބަޔަކު ގުޅޭނެ އެވެ. އަދި އޭގެ ތެރޭގައި ޒުވާނުންގެ ނިސްބަތް ގިނަ ވާނެ ކަމަށް ވެސް ޖުމްހޫރީ ޕާޓީން ބުންޏެވެ.

ރޭ ޕާޓީއާ ގުޅުނު މީހުންގެ މެމްބަޝިޕް ފޯމްތަކާ ހަވާލުވަޑައިގެންނެވީ ޖޭޕީގެ ނައިބު ރައީސް އަހުމަދު ސައުދެވެ.

އޭނާ ވިދާޅުވީ ޖޭޕީ އަކީ އަބަދު ވެސް ހުރިހާ އުމުރެއްގެ ހުރިހާ ދެ ޖިންސްހެ ޒުވާނުންނާއި ދުވަސްވީ މީހުންނަށް ފުރުސަތު ހުޅުވާލާފައިވާ ޕާޓީއެއް ކަމަށެވެ. އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާޙިމަކީ ޒުވާނުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް ދަންނަ ޒުވާނުން ބިނާކުރުމުގައި އެފަދަ ދެވަނައެއް ނެތް ލީޑަރު ކަމަށް ވިދާޅުވި އެވެ.