Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ތިނަދު އަށް މަސްދަޅު ތައްޔާރުކުރާ ފެކްޓްރީއެއް

ގދ. ތިނަދޫގައި މަސްދަޅު ތައްޔާރުކުރާ ފެކްޓްރީއެއް ހަދަން ބަޔަކާ ހަވާލުކޮށްފި އެވެ.

ތިނަދޫ ކައުންސިލުން އެ ޕްރޮޖެކްޓް ހަވާލުކުރީ އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ބީލަން ކާމިޔާބުކުރި އަޒްރޯވާ މޯލްޑިވްސްއާ އެވެ. އެ ކުންފުންޏާއި ތިނަދޫ ކައުންސިލާ ދެމެދު މީގެ އެއްބަސްވުމުގައި ސޮއިކުރީ ހޮނިހިރު ދުވަހު އެވެ.

ތިނަދޫ ކައުންސިލުން ބުނީ މަސްދަޅު ތައްޔާރުކުރާ ފެކްޓްރީގެ އަމަލީ މަސައްކަތުގެ ބޮޑު ބައެއް މިއަހަރުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިތަނުގެ ސަަބަބުން ތިނަދޫގައި މަދުވެގެން 150 އެއްހާ ވަޒީފާ ވެސް އުފެދޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

އަޒްރޯވާ މޯލްޑިވްސްއާ ހަވާލުކުރި ފެކްޓަރީ އަކީ 25 ޓަނުގެ ދަޅުމަސް ބަންދުކުރެވޭނެ ކެޕޭސިޓީ ހުންނާނެ ތަނެކެވެ. މި ޕްރޮޖެކްޓްގައި ތެރޭގައި ހިމަނައިގެން 1،500 ޓަނުގެ މަސް ފިނިކުރާ ނިޒާމެއް ވެސް ގާއިމުކުރާނެ އެވެ.

ތިނަދޫގައި ދަޅުގައި މަސްބަންދުކުރާ ފެކްޓްރީ ހަދަނީ 230،000 އަކަފޫޓުގެ ބިމެއްގަ އެވެ. އަދި މި ޕްރޮޖެކްޓްގެ އަގު ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ އަށް އަރަ އެވެ.