Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

އިންޓަޕޯލްގެ ޑޭޓާބޭސް ބެލުމުގައި ފުލުހުންނަށް ކުރިއެރުމެއް

ހުރިހާ ފްރަންޓްލައިން ފުލުހުންނަށް ވެސް ވަގުތުން ވަގުތަށް އިންޓަޕޯލްގެ ޑޭޓާބޭސްގެ ރެކޯޑުތައް ބެލޭ ގޮތް ހަމަޖައްސައިފި އެވެ.

އިންޓަޕޯލްގެ ސެކްރެޓަރީ ޖެނެރަލް ޖާޖެން ސްޓޮކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ހިދުމަތަކީ ފުލުހުންގެ މަސައްކަތްތަކަށް ވަރަށް ބޭނުންތެރި ބޭނުންތެރި މައުލޫމާތެއް ކަމަށެވެ. އަދި މިކަން ފަހުކުރުމަށްޓަކައި ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާފައިވެ އެވެ.

ސީޕީ ވިދާޅުވި ގޮތުގަައި އިންޓަޕޯލްގެ ޑޭޓާބޭސްގެ ރެކޯޑުތަކަށް އެކްސެސްވުމުގެ ފުރުސަތު ހޯދަން ދިވެހި ފުލުހުންގެ ނޭޝަނަލް ސެންޓްރަލް ބިއުރޯ އާއި އައިސީޓީ ޓީމުން ވަނީ ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ. އަދި މިއީ ގާނޫނު ތަންފީޒުކުރުމުގެ އިދާރާގައި ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތް އިތުރަށް ފުޅާ ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

ދިވެހި ފުލުހުންނަށް މި މަސައްކަތް ކާމިޔާބުވެފައި މި ވަނީ 2019 ގައި ފެށި މަސައްކަތްކާ އެކީގަ އެވެ. އެގޮތުން މި ލިބުނު ކުރިއެރުމާ އެކީ ކަނޑުމަގުން އަންނަ ބިދޭސީންގެ ބެކްގްރައުންޑް ވެސް ބަލާލެވޭނެ ކަމަށާއި އެ މީހުން ރާއްޖެ އަށް އައުމުގެ ކުރިން ކޮން ކަހަލަ ރެކޯޑެއް އޮންނަ ބައެއްތޯ ވެސް ބަލާލެވޭނެ ކަމަށް ސީޕީ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވި ގޮތުގައި މީގެ ސަބަބުން ކުށްކުރުމުގެ ފަހުގެ ޓްރެންޑުތަކުގެ މައުލޫމާތުތައް ދެނެގަނެވި، މައްސަލަތަކުގެ ތަހުގީގުތަކުގަ އިވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ.