Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

މަންޓާ އެއާ އިން ކެބިން ކްރޫން ތަމްރީނު ކުރަނީ

މަންޓާ އެއާ އިން ކެބިން ކްރޫން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށަން ނިންމައި އޭގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ރާއްޖޭގައި އެންމެ ފަހުން ވައިގެ ދަތުރުފަތުރުގެ ހިދުމަތަށް ނުކުތް ޑޮމެސްޓިކް އެއާލައިނުން ބުނީ ކެބިން ކްރޫ އިނިޝިއަލް ޓްރޭނިން އަކީ އޯ ލެވެލް އިން ތިން މާއްދާ އިން ފާސްވެފައިވާ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ފަސް ހަފުތާގެ މުއްދަތަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

މި މަހުގެ 25 އާ ހަމައަށް ކުރިމަތިލާން ހުޅުވާލާފައިވާ ޕްރިގްރާމްގެ ފީ އަކީ 14،000ރ. އެވެ. ޓްރެއިނިން ފުރިހަމަކުރާ މީހުންނަށް މަންޓާ އިން ވަޒީފާ ވެސް ހަމަޖެހުމުގެ ފުރުސަތު އޮންނާނެ އެވެ.