ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ރ. އުނގޫފާރުގައި ބޭއްވި "ހަފުތާރެސް" ވޯކްޝޮޕެއްގައި ދަރިވަރުން ސްކޫލްތަކުގައި ވަގުތަށް ނަމާދުކުރުމަކީ ހަރުކަށި ކަމެއް ކަމަށް ސިފަކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަަތައް އެ މިނިސްޓްރީން ދޮގުކޮށްފި އެވެ.
މިކަމާ ގުޅިގެން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އުނގޫފާރުގައި ކުރިއަށް ދިޔަ ޕްރޮގްރާމްގެ ތެރެއިން، ވަގުތަށް ނަމާދުކުރުމަކީ ހަރުކަށި ފިކުރުގެ ކަމެއް ކަމަށް ބުނެ ދައުރުވަމުންދާ ވާހަ ކައަކީ ކަނޑައެޅިގެން ހަޤީޤަތާއި ޚިލާފު ވާހަކައއް ކަމަށެވެ.
Highlights from Hafthaares Program at Raa Atoll
Day 4: 10.06.2022
Location: R. Ungoofaaru
Event: Amaan vilunveri mujuthamaeh binaakurumah beleniverin adhi teacherunnaaeku.@NCTCMaldives @HopeforWomenmv @official_ium @UNDPMaldives pic.twitter.com/WxuL8XX1to— Ministry of Youth,Sports and Community Empowerment (@MoYSCEmv) June 11, 2022
"މި ޕްރޮގްރާމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާތާ ތިން އަހަރު ފާއިތުވެފައިވާއިރު އެފަދަ އެއްވެސް ކަމެއް ހިންގާފައި ނުވާނެކަން އަދި ނުހިންގާނެކަމުގެ ޔަޤީންކަންދެން،" ބަޔާނުގައި ބުންޏެވެ. "އަދި މިހާ ހިސާބަށް އެތައް ޕްރޮގްރާމްތަކެއް ހިންގާފައިވާ އިރު އެއްވެސް ރަށަކުން އެއްވެސް ޝަކުވާއެއްވެސް އައިސްފައިނުވާކަން ފާހަގަކުރަން."
ޔޫތު މިނިސްޓްރީން ބުނީ ޕްރޮގްރާމްތަކަކީ އިސްލާމް ދީނުގެ ރިވެތި އުޞޫލުތަކާ ދިރިއުޅުމުގެ ރީތި އާދަތައް މުޖުތަމައުގައި އަށަގެންނެވުމަށް ހިންގޭ ޕްރޮގްރާމެއް ކަމަށެވެ. އެހެންވެ އެފަދަ ރަނގަޅު މަގުސަދެއްގައި މުޖުތަމަ އަށް ފައިދާވާ ގޮތަށް ހިންގޭ ޕްރޮގްރާމްތަކުގެ އިތުބާރު ގެއްލޭ ގޮތަށް އަސްލެއްނެތް ވާހަކަތައް ނުފެތުރުމަށް އެދިފައިވެ އެވެ.
Highlights from Hafthaares Program at Raa Atoll
Day 3: 09.06.2022
Location: R.Ungoofaaru
Event: Amaan vilunveri mujuthamaeh binaakurumah thauleemee dhaairaa adhi beleni verinnaa eku.@NCTCMaldives @HopeforWomenmv @official_ium pic.twitter.com/3z50s6u6Ve— Ministry of Youth,Sports and Community Empowerment (@MoYSCEmv) June 10, 2022
އުނގޫފާރުގައި ބޭއްވި ވޯކްޝޮޕެއްގަ އެވެ. އެ ވޯކްޝޮޕަކީ ޔޫތު މިނިސްޓްރީ އާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާރާއި ހޯޕް ފޯ ވިމެން ޖަމްއިއްޔާގެ އިތުރަށް އިސްލާމިކް ޔުނިވަސިޓީ އައިޔޫއެމް) އާއި ޔޫއެންޑީޕީ އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ހިންގި ޕްރޮގުރާމެކެވެ.
ނަމާދު ވަގުތަށް އަދާކުރުމަކީ ކީރިތި ގުރުއާނުގެ ނައްޞުން ލާޒިމްކަމެއް. އެއީ ހަރުކަށި ކަމެއްކަމަށް ސިފަކުރުމަކީ ގުރުއާނަށް ގޮންޖަހަން މަސައްކަތްކުރުން. އެބަޔަކާއިމެދު ދީނީ ވަޙުދަތު ނަގާލުމުގެ ކުށުގައި ފިޔަވަޅު އަޅަންޖެހޭ. pic.twitter.com/hUvm2Jvnra
— Mohamed Jameel Ahmed (@MJameelAhmed) June 13, 2022
މިކަމާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެފަދަ ކަމެއް ހިނގި ކަމެއް އެނގިވަޑައިގެންފައި ނެތް ކަމަށެވެ.
"ތިޔަ ވިދާޅުވި ހަބަރެއް އަޅުގަނޑަށް އެނގިފައެއް ނެތް. ނަމަވެސް ސްކޫލު ތެރޭގެ ކަންކަން އަޅުގަނޑަށް އެނގެނީ ސްކޫލު ތެރޭގައި ނަމާދު ކުރުމަކީ ހަރުކަށިކަމެއް ކަމަށް އަޅުގަނޑު ނުބަލަން." ނިސްޓަރު ވިދާޅުވި އެވެ.