Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ޕާސްޕޯޓް ހައްދާ މިންވަރު މައްޗަށް

ކުރިއަށް އޮތް ބޮޑު ބަންދާ ދިމާކޮށް ޕާސްޕޯޓް ހަދާ މިންވަރު އިތުރުވަމުން އަންނާތީ އިމިގްރޭޝަނުން ހިދުމަތްދޭ ގަޑި ރޭގަނޑު 9:30 އާ ހަމައަށް އިތުރުކޮށްފި އެވެ.

އެތަނުން ބުނީ ޕާސްޕޯޓާ ހަވާލުވާން ދޫނުކުރާ ނަމްބަރު ވެސް މިއަދުން ފެށިގެން މެންދުރު ފަހު 3:00 ހަމައަށް ދޫކުރާނެ ކަމަށެވެ. އިމިގްރޭޝަނުން ބުނީ އަމާޒަކީ ރައްޔިތުންނަށް ފަސޭހަކަމާ އެކީ ހިދުމަތް ލިބޭނެ ގޮތް ހެދުން ކަމަށާއި ޕާސްޕޯޓް ހަދަން އޮތް ޑިމާންޑާ އެކު، ހިދުމަތަށް ގެނައި ބަދަލާ އެކު ގިނަ ބަޔަކަށް ޕާސްޕޯޓް ހައްދަން ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ މި ދުވަސްކޮޅު ޕާސްޕޯޓް ހައްދަން ދުވާލެއްގެ މައްޗަށް 800 އެޕްލިކޭޝަން ލިބޭ ކަމަށެވެ. އަދި ކުރިން އެ ނިސްބަތް އުޅުނީ ދުވާލަކަށް އެވްރެޖްކޮށް 200 ގައި ކަމަށް ބުންޏެވެ.

މި ފަހަރުގެ ސްކޫލް ބޮޑު ބަންދާއި އީދު ބަންދު ވެސް ދިމާވަނީ އެއް ދުވަސްވަރަކަށެވެ. އެހެންވެ ލިބޭ ބޮޑު ޗުއްޓީގައި ގިނަ އަދަދެއްގެ ބޭރަށް ދާނެ ކަމަށް ބެލެވެ އެވެ.