މި އަހަރު ރާއްޖޭން ޙައްޖަށްދާ މީހުންނަށް ފަސޭހަކަމާއެކު އެއާޕޓަށް ދިއުމުގެ ކަންކަން ހަމަޖެއްސުމަށް ކަމާ ގުޅޭ މުއައްސަސާތަކާއެކު އިސްލާމިކް މިނިސްޓްރީން ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ
މި މަޝްވަރާތަކުގައި ރައީސް އޮފީހާއި ހައްޖު ކޯޕަރޭޝަނާއި އެމްއެންޑީއެފާއި އެމްޓީސީސީ އާއި މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ އެމްއޭސީއެލް) އަދި އެޗްޑީސީން އެވެ.
ބައްދަލުވުމުގައި ވަނީ ހައްޖުވެރިންނަށް ފްލައިޓްތައް އޮންނަ ގަޑިތަކަށް ފަސޭހައިން އެއަޕޯޓާ ހަމައަށް ދިއުމުގައި ޢަމަލުކުރާނެ ގޮތްތަކާ މެދު މަޝްވަރާކޮށްފަ އެވެ. އެގޮތުން ޙައްޖުވެރިންނަށް މާލެތެރެއިން ދަތުރުކުރުމުގައި ފަސޭހަކޮށްދިނުމާއި، ޙައްޖުވެރިންނަށް ޓްރާންސްޕޯޓް ހަމަޖެއްސުމާއި، ޙައްޖުވެރިން އެއާޕޯޓުގެ ތެރޭގައި ތިބޭ ވަގުތު އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭ ގޮތުން މަޝްވަރާކުރި އެވެ. އަދި ޙައްޖުވެރިންގެ އެހީތެރިން މި ދަތުރުތަކުގައި ބައިވެރިކުރާނެ ގޮތްތަކާ މެދު ވެސް ވަނީ މަޝްވަރާކުތި އެވެ.
މީގެ އިތުރުން މި ދުވަސްވަރު މޫސުމަށް އަތުވެދާނެ ބަދަލަކަށްޓަކައި ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ހައްޖާޖީން ފުރަން ހަމަޖެހިފައި ވަނީ ތިން ފްލައިޓެއްގަ އެވެ. އެއީ މި މަހުގެ 26 ވަނަ ދުވަހާއި، 29 ވަނަ ދުވަހާއި އަންނަ މަހުގެ 2 ވަނަ ދުވަހު އޮންނަ ފްލައިޓްތަކުންނެވެ.
ޙައްޖުވެރިން ދަތުރުކުރާ ފުރަތަމަ ފްލައިޓް ފުރުމަށް ހަމަޖެހިފައި ވަނީ 26 ވަނަ ދުވަހުގެ ރޭގަނޑު އެވެ.
މި އަހަރު ރާއްޖޭން ހައްޖަށް ދަނީ 453 މީހުންނެވެ. އެއީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.