އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ބޭރުކުރިނަމަވެސް އެމްޑީޕީ ދެމި އޮންނާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކް، ރީކޯ ވިދާޅުވެއްޖެއެވެ.
މޫސަ ކުރެއްވި ޓްވީޓެއްގައި ވަނީ ކުރިން އެމްޑީޕީން ބޭރުކުރި ފަރާތްތައް ބޭރުކުރުމުންވެސް ޕާޓީ ދެމިއޮތްކަން ފާހަގަ ކުރައްވާފައެވެ.
އެގޮތުން މޫސަ ވިދާޅުވީ، މުނައްވަރު، އިބުރާ، ޑީޑީ، އަލްހާން، އަލީވަހީދު، އަދި ރީކޯ މޫސަ އެމްޑީޕީން ބޭރުުކުރިއިރުވެސް އެމްޑީޕީ ދެމިއޮތީ ޕާޓީ އަކީ ފިކުރެއްކަމަށް ވުމުން ކަމަށެވެ. އަދި މީހަކުވަށާ އެނބުރޭ އެއްޗަކަށް ޕާޓީ ނުވާތީ ކަމަށެވެ.
ރީކޯ ވިދާޅުވީ އުސޫލާ ޚިލާފްވެގެން ނަޝީދު ބޭރުކުރިނަމަވެސް އެމްޑީޕީ ދެމި އޮންނާނެ ކަމަށެވެ.
"ސުވާލަކީ ބޭރުކުރުމުގެ ކުރިން ދެންވާގޮތް." މޫސަ ވިދާޅުވިއެވެ.
މުނައްވަރު،އިބުރާ،ޑ ޑީޑީ އަލްހާން، އަލީވަހީދު، ރ މޫސަ ޕާޓީން ބޭރުުކުރިއިރުވެސް MDPދެމިއޮތީ ޕާޓީ އަކީ ފިކުރެއްކަމާ، މީހަކުވަށާ އެނބުރޭ އެއްޗަކަށްނުވާތީ،އުސޫލާ ޚިލާފްވެގެން ނަޝީދުވެސް ބޭރުކުރީމަ ހަމަMDP ދެމި އޮންނާނެ. ސުވާލަކީ ބޭރުކުރުމުގެ ކުރިން ދެންވާގޮތް
— Moosa Maniku (Reeko) (@ReekoMoosa) June 14, 2022
މޫސަ މިފަދައިން ވިދާޅުވެފައިމިވަނީ އެމްޑިޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ވިޕްލައިނާއި ހިލާފު ވެގެން ޕާޓީން ވަކިނުކުރާނެ ކަމަށް އުންމީދު ކުރާކަމަށް ރައީސް ނަޝިދު ވިދާޅުވެފައިވަނިކޮށެވެ.