ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއިން ހުޅުވާލައިފިއެވެ.
ޖޭއެސްސީން ވަނީ ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މި މަގާމަށް ކުރިމަތި ލައްވާ ފަރާތްތަކުން 27 ޖޫން 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޖޭއެސްސީގެ ރަސްމީ އީމެއިލް އެޑްރެހަށް ([email protected]) އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވުމުން ފޯމް ބަލައިގަންނާނެ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
ހައިކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ހުސްވެެފައިވަނީ ފަނޑިޔާރު ކަމުގައި ހުންނެވި އަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމުންނާއި ފަނޑިޔާރު އަބްދުﷲ ހަމީދު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.