Last Updated: June 29, 21:20
Monday, June 29, 2026
ސިޔާސީ

ޝާޑް ހުޅުދޫ ޑޯޓްޑޯ ޖައްސަނީ

ހުޅުދޫ ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވާ ކެންޑިޑޭޓް މުހައްމަދު ޝާހިދް (ޝާޑް) ގޭ ގެއަށް ދޮރުން ދޮރަށް ހިނގައި ކެމްޕެއިން ކުރައްވަމުން އެބަ ގެންދަވަ އެވެ.

ޝާޑްގެ ކެމްޕެއިން އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ރެއާއި މިއަދު ހުޅުދޫގެ 89 ގެއަކަށް ކެމްޕެއިން ޓީމުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި އެގޮތުން ބައެއް ފަރާތްތަކުން ވަކިން ޝާޑް އާއި ބައްދަލު ކުރުމަށް އެދިފައިވާތީ މިރޭ 8:30 އިން ފެށިގެން އެ ފަރާތްތަކާ ބައްދަލު ކުރުމަށް ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޝާޑް ކެމްޕެއިން ޓީމުން ބުނީ އިއްޔެ ހަދަން ފެށި ހުޅުދޫ ސްކޫލް މަގު ކަރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރިއަށް ގެންދާކަމަށް ބުނެ އައްޑޫ ސިޓީ ކައުންސިލުން ހުރަސް އަޅާ މައްސަލާގައި ރައްޔިތުން ޝާޑް ގާތު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

ޝާޑް އިއްޔެ ހުޅުދޫއަށް ވަޑައިގެންފައިވަނީ މަގުހެދުމަށް ރޯޑް ކޯޕަރޭޝަންގެ އިސްވެރިންނާއި އެކުއެވެ. އަދި އިއްޔެ ހަވީރު މަގު ހެދުން ވަނީ ރަސްމީކޮށް ފައްޓަވާފައެވެ.

ހުޅުދޫގެ ތަރައްޤީއަށް އަބަދުވެސް މަސައްކަތް ކުރައްވާ ޝާޑް އަކީ މިފަހަރު ގޮޑި ކާމިޔާބް ކުރައްވާނެކަމަށް އެންމެ ބޮޑަށް ބެލެވޭ ކެންޑިޑޭޓެވެ.