Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

އިންޑިއާ އިން ގެނައި މުދާތަކެއްގައި ޑްރަގްސް

އިންޑިއާ އިން ރާއްޖެ އަށް ގެނައި މުދާތަކެއްގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

އެތަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހުގެ 29 ގައި މުދާ އުފުލާ ބޯޓެއްގައި ޓުޓިކޮރިން އިން ގެނައި މުދާތަކެއްގެ ތެރެއިން 15 ކިލޯގެ ހަޝިޝް އޮއިލް ފެނިފައިވާ ކަމަށެވެ. ކަސްޓަމްސް އިން ބުނީ އެ ފެނުނީ މުދާތަކެއްގެ ތެރޭގައި ޝައްކުކުރެވޭ އެއްޗެހިތަކެއް ހުރިކަން ފާހަގަކުރެވިގެން ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

އެ ތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ އިރު، 15 ކިލޯގެ ހަޝިޝް އޮއިލްގެ މަގުމަތީގެ އަގު 4 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.