"މަގޭ ނަބިއްޔާ" ގެ ނަމުގައި އިތުރު ސައިކަލެއް ބުރެއް ބާއްވަން ނިންމައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ޒުވާނުންތަކެއް ބޭއްވި ވެހިކަލް ބުރާ ގުޅުވައިގެން މި ފަހަރު "މަގޭ ނަބިއްޔާ" ގެ ނަމުގައި ވެހިކަލް ބުރެއް އަންނަ ހުކުރު ދުވަހު ބާއްވަން ނިންމީ ލ. ފޮނަދޫ ކައުންސިލާއި އެ ރަށުގެ ޖަމިއްޔާތައް ގުޅިގެންނެވެ. މި ވެހިކަލް ބުރު ފަށަން ހަމަޖެހިފައި ވަނީ ހުކުރު ދުވަހު ހަވީރު 4:15 ގައި ފޮނަދޫ ބަނދަރު ސްޓޭޖް ސަރަހައްދުންނެވެ.
މާލޭގައި ހޮނިހިރު ދުވަހު "މަގޭ ނަބިއްޔާ" ސައިކަލް ބުރަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެގޮތުން ގިނަ އަދަދެއްގެ ބަޔަކު އޭގައި ބައިވެރިވި އެވެ.
މިފަދަ ހަރަކާތްތަކެއް ރާއްޖޭގައި ފަށާފައި މި ވަނީ އަވައްޓެރި އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ އިސްވެރިންތަކެއް ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާރަކުރި މައްސަލައަކާ ގުޅިގެން އިސްލާމީ ގައުމުތަކުގައި ނުރުހުން އެ ގައުމަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ރާއްޖެ އަކީ ސައްތަ އިން ސައްތަ އިސްލާމީ ގައުމެކެވެ.