ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރު ކަމަށް ޑީއާރްޕީގެ ކުރީގެ ލީޑަރު ތަސްމީން އަލީ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަަޅައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދި ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ސިންގަޕޫރުގެ ސަފީރު ކަމަށް އަހުމަދު ތަސްމީން ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ. އަދި މެލޭޝިއާ އަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަގާމަށް އަލީ ހުސެއިން ހަމަޖެއްސެވުމަށް ނިންމަވާފައިވާ ކަމަށެވެ.
މެލޭޝިއާ ސަފީރުގެ މަގާމުގައި މީގެކުރިން ހުންނެވީ ތަސްމީނުގެ އަނބިކަނބަލުން ވިސާމް އަލީއެވެ. އޭނާ އެމަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރިލް މަހުއެވެ.
މީގެއިތުރުން އިންޑިއާއަށް ކަނޑައަޅާ ސަފީރުގެ މަގާމުގައި ހުންނެވި ހުސެއިން ނިޔާޒުގެ ބަދަލުގައި އެ މަގާމަށް އިބްރާހިމް ޝަހީބް ހަމަޖެއްސުމަށް ވެސް ހުށަހަޅާފައިވެއެވެ. ޝިހާބު މިވަގުތު ހުންނެވީ ސިންގަޕޫރަށް ކަނޑައަޅާ ސަފީރުގެ މަގާމުގައެވެ.
މަޖިލީހުގެ ރިޔާސަތުން ވަނީ މިމައްސަލަތައް ދިރާސާ ކުރުމަށް މަޖިލީހުގެ ހާރިޖީ ކޮމިޓީ އަށް ފޮނުވާފައެވެ.