Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ހުޅަނގުން ފަންޑްކުރަނީ ޒުވާނުން ދީނާ ދުރުކުރަން

ހަރުކަށި ފިކުރު ނައްތާލަން ކަމަށް ބުނެ ހުޅަނގުގެ ބައެެއް ޖަމާއަތްތަކުން ފަންޑްކުރަނީ މުސްލިމު ޒުވާނުން ދީނާ ދުރުކުރަން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މި ދުވަސްކޮޅު އަނެއްކާ ވެސް ރާއްޖޭގައި ހަރުކަށި ފިކުރާ ބެހޭ ގޮތުން ތަފާތު އެކި ދެކެވަމުންދާ އިރު، އެކަމާ ގުޅުވައިގެން އޭނާ މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ދިމާވި އެންމެ ބޮޑެތި އެފަދަ މައްސަލަތައް ހައްލުކުރީ އިސްލާމީ މަންހަޖުގެ ތެރެއިން ކަމަށެވެ.

އޭގެ ތެރޭގައި ހިމަންދު އާއި މާލޭގައި ވަކިން ޖަމާޢަތް ހަދައިގެން އެތައް އަހަރެއް ވަންދެން ދިޔަކަންކަން ނިމުމަކަށް ގެނެވުނު." ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަރުކަށި ފިކުރު ނައްތާލުމުގައި ތަބާވާންވީ އިސްލާމީ މަންހަޖަށެވެ.

"ހަރުކަށި ފިކުރު ނައްތާލަން ކަމަށް ބުނެ ހުޅަނގުގެ ބައެއް ޖަމާޢަތްތަކުން ފަންޑުކުރަނީ މުސްލިމު ޒުވާނުން ދީނާ ދުރުކުރަން. އިސްލާމީ މުޖުތަމައުގައި ހަރުކަށި ފިކުރު ނައްތާލަން ހުޅަނގުގެ ނަޒަރިއްޔާތަކެއް ބޭނުމެއް ނޫން." ޝަހީމް ވިދާޅުވި އެވެ.