Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ޕީޖީ ޝަމީމު ކުޑަކުއްޖަކާ ބެހުމުގެ ތުހުމަތު!

ޕްރޮސެކިއުޓަ ޖެނެރެލް (ޕީޖީ) ގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ ވާހަތަކެއް ދެކެވެން ފަށައިފި އެވެ.

މިފަދަ ވާހަކަތަކެއް އޭނާއާ ބެހޭ ގޮތިން ދެކެވެން ފަށާފައި ވަނީ މަގާމުން ވަކިކުރަން އެމްޑީޕީގެ މަޖިލިސް މެމްބަރުންތަކެއް ވެސް މަސައްކަތްކުރައްވަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
ބައެއް މިޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕީޖީ އަށް ކުރެވޭ ތުހުމަތާ ގުޅިގެން އިއްޔެގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް ވެސް ޝަމީމް ދިރިއުޅުއްވާ ގެއަށް ވަޑައިގެންނެވި އެވެ. އަދި އެ މައްސަލައާ ގުޅިގެން ކުއްޖާގެ ބައްޕަ ފުލުހުންނަށް ބަޔާން ވެސް ދީފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައި ވަނީ ޝަމީމް ޖިންސީ ގޯނާކޮށްފައި ވަނީ ކުޑަފިރިހެން ކުއްޖަކަށް ކަމަށެވެ.

ނަމަވެސް މިފަދަ މައްސަލައެއް ރިޕޯޓްކުރިކަމާއި ތަހުގީގުކުރާކަމާ ބެހޭ ގޮތުން ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

މިކަމާ ގުޅިގެން މީޑިއާއަކަށް މިއަދު ޝަމީމް ވިދާޅުވެފައި ވަނީ އޭނާއާ ބެހޭ ގޮތުން ފަތުރަނީ މުޅިން ދޮގު ވާހަތަކެއް ކަމަށެވެ.