Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ނޯޓިސް ދިން ޕާޓީތަކުން މެމްބަރުން ހަމަކުރަން ހުށަހަޅައިފި

އިލެކްޝަންސް ކޮމިޝަނުގެ ބޭއްވި ހަފްލާއެއްގެ ތެރެއިން - ފޮޓޯ: ސަން

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ގާނޫގައި ބުނާ މިންވަރަށް އެންމެ ދަށްވެގެން 3،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް މެމްބަރުން ހަމަ ކުރުމަށް ދިން މުއްދަތުގައި، ނޯޓިސް ދިން ޕާޓީތަކުން ބޭނުންވާ މިންވަރަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފިއެވެ.

ޤާނޫނުގައިވާ އަދަދަށް މެންބަރުން ހަމަކުރުމަށް ނޯޓިސް ދެވިފައިވާ ސިޔާސީ ޕާޓީތަކަށް ފޯމު ހުށަހެޅުމަށް އެންމެ ފަހު ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ ރޭގެ 22:00 ގެ ނިޔަލަށެވެ.

ޕާޓީތަކުން ހުށަހެޅި ފޯމުތަކުގެ ތަފުސީލު:

1- ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) – މެމްބަރުން ހަމަކުރަން ބޭނުންވާ ފޯމުގެ އަދަދު: 731 ، ހުށަހެޅި ފޯމުގެ އަދަދު: 788
2- މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) – މެމްބަރުން ހަމަކުރަން ބޭނުންވާ ފޯމުގެ އަދަދު: 720 ، ހުށަހެޅި ފޯމުގެ އަދަދު: 1397
3- މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ) – މެމްބަރުން ހަމަކުރަން ބޭނުންވާ ފޯމުގެ އަދަދު: 309 ، ހުށަހެޅި ފޯމުގެ އަދަދު: 376
4- މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) – މެމްބަރުން ހަމަކުރަން ބޭނުންވާ ފޯމުގެ އަދަދު: 543 ، ހުށަހެޅި ފޯމުގެ އަދަދު: 962

ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަވާ ޕާޓީތަކަކީ އެމްޑީޕީ އާއި ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތުގެ އިތުރުން އެމްއެންޕީއެވެ.

އީސީން މިހާރު ވަނީ ޕާޓީތަކަށް ވަންދަން އެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން ސައްހަ ނޫން ކޮންމެ ފޯމެއް 10،000ރ. އިން ޖޫރިމަނާ ވެސް ކުރަން ނިންމައިފައެވެ.