Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ބަނޑޮހުގެ ގޮނޑުދޮށް ހިމާޔަތްކުރަން ތައްޔާރުވެއްޖެ

ކ. ބަނޑޮހުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފައިވަނީ އެ މަސައްކަތް ފެށުމަށް 13 ޖޫން 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާކަމަށެވެ. މި މަޝްރޫއަކީ އޯރކިޑް ހޯލްޑިންގގެ ފަރާތުން ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މިމަޝްރޫއުުގެ ދަށުން 557 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ.

އެމްޓީސީސީން ބުނެފައިވަނީ އެކުންފުނިން ޓޫރިޒަމް ދާއިރާއާއި ގުޅުންހުރި އުމްރާނީ ތަރައްގީގެ މަޝްރޫރުތައްވެސް ހިންގާފައިވާކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެމްޓީސީސީން ނިންމާ ހަވާލުކޮށްފައިވާ 'ސެންޓާރާ ނިއު ރިސޯޓްސް މޯލްޑިވްސް: ރެކްލެމޭޝަން އެޮފް 3 ޑިފަރެންޓް އައިލެންޑް" އަކީ ފާހަގަ ކޮށްލެވޭ މަޝްރޫއެކެވެ.