Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

މާޅޮހު ކަރަންޓު ނެޓްވޯކް އަޕްގްރޭޑިން ކުރިއަށް

އއ. މާޅޮހުގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުގެ މަސައްްކަތް ކުރިއަށްދަމުން އަންނަކަން އެ މަސައްކަތް ކުރަމުން އަންނަ ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ އއ. މާޅޮހުގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން ޖުމްލަ 1322 މީޓަރުގެ ކޭބަލް ވަޅުލާނިމިފައިވާ ކަމަށެވެ.

އަދި ކުރިން ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގެ ބަދަލުގައި އައު ފޮށި ބެހެއްޓުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ މި މަސައްކަތް މުޅިން ނިމުމާއެކު މާޅޮހަށް ދިމާވެފައިވާ، ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ އެއްކޮށް ހައްލުވެ، އެކަމުގެ ފަސޭހަތައް މާޅޮހު ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ.