Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ވަގަށް މުރަނގަފަތް ބިން މީހަކު ހޯދަނީ

ވަގަށް މުރަނގަފަތް ބިން މައްސަލައަކާ ގުޅިގެން ފުލުހުން މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ މިމައްސަލައަކީ 2022 ފެބްރުއަރީ 8 ވަނަ ދުވަހުގެ ވަގުތެއްގައި ބަނޑޭރިކޮށި ގޯއްޗެއްގައި ހުރި މުރަނގަ ގަހަކުން އެކި ދުވަސްމަތިން ވަގަށް މުރަނގަ ފަތް ބިންނަކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން ބަލަމުން އަންނަ މައްސަލައެއް ކަމަށެވެ.

އެގޮތުން ގަލޮޅު ޕޮލިސްގެ އިންވެސްޓިގޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ އެ މީހާ ހޯދިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށެވެ.