ދަރިވަރުން އެދިފައިވާ ގޮތަށް ބާ އިމްތިހާން ފަސްކުރަން ބާ ކައުންސިލްގައި އެދުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.
އިއްޔަ ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ބާ އިމްތިހާން ފަސް ކުރަން ބާ ކައުންސިލްގައި އެދުމަށް ވަނީ ފާސްކޮށްފައެވެ.
ބާ އިމްތިހާންގެ ކަންކަމާ ގުޅިގެން އިމްތިހާން ހަދާ ދަރިވަރުންނާއި، ބާ ކައުންސިލްގެ އިންތިހާބީ ބޭފުޅުންނާ ޖުޑިޝަރީ ކޮމިޓީން ބައްދަލު ކޮށްފައިވެސްވެއެވެ.
ބާ އިމްތިޙާން ހަދާ ދަރިވަރުންގެ މައިގަނޑު މައްސަލައެއްގެ ގޮތުގައި އޮތީ އިމްތިހާންގެ ފީ އަގު ބޮޑުވުމުގެ މައްސަަލައެވެ. އެގޮތުން މި އަހަރު އިމްތިހާން ހަދާ ދަރިވަރުންގެ އަތުން 10،000ރ ގެ ފީ އެއް ނެގުމަށް ނިންމާފައިވެއެވެ. މިމައްސަލަ ދަރިވަރުންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް އެކަމުގައި ވަގުތީ އަމުރެއް ނެރެދީފައެއްނުވެއެވެ.
އަދި ދަރިވަރުން ވަނީ ބާ އިމްތހާން އާ އެކްސްކޯގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް އެދިފައެވެ. އަލަށް އިންތިހާބުގެ އެކްސްއޯ އިންވެސް ވަނީ އިމްތިހާން ފަސްކޮށްދިނުމަށް އެދޭކަމަށް ޖުޑިޝަރީ ކޮމިޓީގައި ބުނެފައެވެ.