ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން ރޭ ކުރިއަށްގެންދިޔަ އިހުތިޖާޖަކީ ދަށުދަރަޖައިގެ އަމަލެއް ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން ރޭ އިހުތިޖާޖް ކޮށްފައިވަނީ، ރާއްޖެ ޓްރާންސިޓް ލިންކް (އާރުޓީއެލް)ގެ ބަސް ދަތުރުގެ ހިދުމަތް ހުޅުމާލެ ފޭސް ދޭކަށް އިފްތިތާހުކުރުމަށް ރޭ ހިޔާ ފްލެޓް ސަރަހައްދުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތާ ދިމާކޮށެވެ.
އެ އިހުތިޖާޖާ ގުޅިގެން އިކްރާމް ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ރަސްމިއްޔާތަށް އުނދަގޫކުރަން އަޑުގަދަކޮށް ހިންގީ "ވަރަށް ނާތަހުޒީބީ، އަހުލާގީ މިންގަނޑުދަށް، ދަށު ދަރަޖައިގެ އަމަލެއް" ކަމަށެވެ. އަދި އުނދަގޫ ނުވާނެ ގޮތަށް ވެސް އިހުތިޖާޖު ކުރެވުނީސް ކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.
Hiyaa flatga dhiri ulhey rahyithunnah komme 15 minutakun buhuge(🚌) hidhmaii tha'aaraf kurumah MTCC in beyvi rasmiyyaathah udhagoo kuran adugadhakoh hingee v naathahuzeebee, ahulaagee mingadun dhah, dhashu dharaige amaleh. Udhagoo nuvaaneyhenves ihthijaaj kurevunees.
— Ikram Hassan MP (@ikramhassan) June 16, 2022
ހިޔާ ފްލެޓް ސަރަހައްދަށް ރޭ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވަޑައިގަތުމުން އެ ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ރައްޔިތުން ވަނީ ރައީސް ސޯލިހްގެ އިސްތިއުފާއަށް އަދި ފްލެޓްތަކުގެ ކުލި ދަށްކުރުމަށް ގޮވާލާ އަޑުއުފުލާފައެވެ.
Raees @ibusolih ge isthiufaa ashaai kuli kuda kuran hiya sarahadhugai govan fashaifi pic.twitter.com/rOmv4Q6zZ7
— SHAFRAZ (Voice.mv) 🇲🇻 (@XefroX) June 15, 2022