ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ޔަސްރިފް ދާއިރާގެ ރައްޔިތުންނާއި މިރޭ ބައްދަލު ކުރުމަށް ހަމަޖެހިއްޖެ އެވެ.
ޔަސްރިފް "އައްޑޫ ލައިވް" އަށް މިއަދު ވިދާޅުވީ ބައްދަލުވުން މިރޭ 8:30ގައި ޝަރަފުއްދީން ސްކޫލް ހޯލްގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންވެ ދާއިރާގެ ރައްޔިތުން، އެ ބޭފުޅުން ބޭނުންވާ މައުލޫމާތާއި މަޝްވަރާ ހުށަހެޅުމަށް ވަޑައިގެން ދެއްވުމަށް ޔަސްރިފް އެދިވަޑައިގަތެވެ.
ކައުންސިލްގެ ދެ ވަނަ ދައުރަށް ކައުންސިލަރުން ހުވާކުރުމަށް ފަހު ދާއިރާތަކުގެ ރައްޔިތުންނާއި ކައުންސިލަރުން އަންނަނީ ބައްދަލު ކުރަމުންނެވެ.
އެގޮތުން މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ މެދު ދާއިރާގެ ރައްޔިތުންނާއި އެދާއިރާގެ ކައުންސިލަރު ހުސެއިން ހިލްމީ ވަނީ ބައްދަލު ކުރައްވާފަ އެވެ.